ޕްރޮފެސަރ މުރޭ ކެލަމް އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ޗީފް ކޮމިޝަނަރ އޮފް އިންޓިގްރިޓީ ކޮމިޝަން އޮފް ޓެސްމޭނިޔާ އަދި އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވަސިޓީގެ ޕްރޮފެސަރ މުރޭ ކެލަމް އޯއޭ. ކިއުސީ. އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ޕްރޮފެސަރ މުރޭ މަޖިލީހުގެ ރައީސް އާ މިއަދު ބައްދަލުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން ގައި އެމަނިކުފާނު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަން އާ ބެހޭ ބައެއް މައުލޫމާތުތައް ހޯއްދެވުމަށެވެ.

އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން ތަރައްޤީކުރުމަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން މަޖިލީހަށް ހުށަހެޅިފައިވާ ޝަރުޢީ ނިޒާމާ ގުޅުންހުރި މުޙިންމު ބިލްތަކާބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޕްރޮފެސަރ މުރޭ ކެލަމް އަކީ 16 އަހަރު އޮސްޓްރޭލިޔާގައި ފަނޑިޔާރެއްގެގޮތުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.

5 ރަބީޢުލްއާޚިރު 1432

10 މާޗް 2011