ބަންގްޅަދޭޝްގެ ސްޕީކަރ އާއި އިންޑިއާގެ ސްޕީކަރ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި

ބަންގްޅަދޭޝްގެ ސްޕީކަރ އޮންރަބަލް އަބްދުލްހަމީދު އާއި އިންޑިއާގެ ސްޕީކާރ ސްރީމަތީ މެއިރާ ކުމާރު އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެ އާއި މިދެޤައުމާ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ.

ބަންގްޅަދޭޝްގެ ސްޕީކަރ އާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގަ އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސްޓާފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ބަންގްޅަދޭޝްގެ ސްޕީކަރ އަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު ދެއްވި އެވެ.

އިންޑިއާގެ ލޮކްސަބަރގެ ސްޕީކަރ އާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް އެކި ގޮތްގޮތުން އިންޑިއާ އިން ވެދެއްވަމުން ގެންދަވާ އެހީފުޅުތަކަށް މަޖިލީހުގެ ރައީސް ޝުކުރު އަދާ ކުރެއްވެވި އެވެ.

10 ރަބީޢުލްއައްވަލް 1432

13 ފެބްރުއަރީ 2011