2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރައްވައިފި (29.12.2010)

މިއަދު މެންދުރުފަހު 13:30 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރައްވައިފި އެވެ.
ޖުމްލަ 5 އިސްލާޙެއް އަދި 16 ރެކްމެންޑޭޝަނެއް ބަޖެޓަށް ހުށަހެޅުނު ނަމަވެސް، ފާސްވެފައިވަނީ 1 އިސްލާހަކާއި 4 ރެކްމެންޑޭޝަނެކެވެ. ގިނަ އިސްލާޙުތަކާއި ރެކްމެންޑޭޝަން ތަކަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ރޫހާ ޙިލާފް އިސްލާޙްތަކެއްކަމަށް ފެންނާތީ ރިޔާސަތުން އެ އިސްލާޙްތަކަށާއި ރެކްމެންޑޭޝަންތަކަށް ވޯޓަށް އައްސަވާފައެއްނުވެއެވެ.
ދެން ޖަލްސާއެއް އޮންނާނީ 30 ޑިސެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މަޖިލިސްކުރާގޭގައެވެ.