2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ފައްޓަވައިފި (19 ޑިސެމްބަރ 2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސްފައްޓަވައިފިއެވެ. މިއަދުގެ ޖަލްސާގައި މިބަޖެޓަށް ޖުމުލަ 20 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ގިނަ ވަގުތުތަކަކަށް ކުރިއަށްގެންދެވުނު މިއަދުގެ ބަޖެޓު ބަހުސްގައި ބައެއް ދާއިރާތަކަށް ކަނޑައަޅުއްވާފައިވާ ފައިސާގެ ޢަދަދުތަކުގެ ތަފްސީލު މިފަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާކަން އެދާއިރާތަކުގެ މެންބަރުންގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓާއިބެހޭ ބަހުސް މާދަމާގެ ޖަލްސާގައިވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ޑިސެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައެވެ.