ޔޫތް ލީޑަރޝިޕް ޕްރޮގްރާމްގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޖިލީހުގެ ޖަލްސާ ބައްލަވާލައްވައިފި (29.11.2010)

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސް ގުޅިގެން 22 ޑިސެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތް ލީޑަރޝިޕްގައި ބައިވެރިވާ އަތޮޅުތަކުގެ 37 ދަރިވަރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 18 ވަނަ ޖަލްސާ ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

މިޒިޔާރަތުގެ ބެނުމަކީ ރައްޔިތުންގެ މަޖިލީހާމެދު ޒުވާންނުން ހޭލުންތެރިކުރުވައި ޤާނޫނު އަސާސީއާ، ހެދިފައިވާ ޤާނޫނުތަކަށް އަހުލުވެރިކުރުވުމެވެ. އަދި ޔޫތް ލީޑަރޝިޕް ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތް ޕާލިމެންޓަށް މައުލުމާތު ހޯދައި މަޖިލީހުގެ ޖަލްސާތައް ހިނގާގޮތް ބައްލަވައި ލެއްވުމެވެ.