ޔަންގް ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ފުރާވަޑައިގަންނަވާނެ (25.11.2010)

ތައިލެންޑްގެ ވެރިރަށް ބޭންގްކޮކްގައި ނޮވެމްބަރ މަހުގެ 27 ން 28 ށް ބޭއްވުމަށް ހަމަޖެހިފައިވާ ޔަންގް ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ވަފުދެއް މިރޭ ފުރާވަޑައިގަންނަވާނެއެވެ.

މިކޮންފަރެންސް އަކީ ދަ އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑެވެލޮޕްމަންޓް (އޭ.އެފް.ޕީ.ޕީ.ޑީ) އާއި ޔޫ.އެން.އެފް.ޕީއޭ ގުޅިވަޑައިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މިވަފްދުގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރުންނަކީ ހިތަދޫ މެދު ދައިރާ މެންބަރު މުޙައްމަދު ރަޝީދާއި މާފަންނު ހުޅަނގު ދާއިރާ މެންބަރު އަބްދުﷲ އަބްދުރަޙީމް އެވެ.

ދެދުވަހުގެ މި މިކޮންފަރެންސްއަށްފަހު މެންބަރުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރ ގައެވެ.