ޖަލްސާގެ ނިޒާމުގެއްލި މަޖިލިސް މެދުކަނޑާލުމަށްފަހު ޕާޓީތަކާ މަޝްވަރާކުރައްވާ އިތުރަށް މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވާ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (20.10.2010)

2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 9 ވަނަ ޖަލްސާ ފައްޓަވާ މާގިނައިރުތަކެއްނުވެ ބައެއް މެންބަރުން ނިޒާމާބެހޭ މައްސަލަ ނަންގަވާ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭމިންވަރަށް ވުރެންބޮޑަށް އަޑުގަދަ ކުރައްވަންފެއްޓެވުމުން ބައެއް މެންބަރުންނަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެމަތިން ތަކުރާރުކޮށް ރިޔާސަތުން ނަސޭހަތްތެރިވެ އިންޒާރުދިނުމަށްފަހު، ނަންއިއްވާ އެ މެންބަރުން މަޖިލިސް ދޫކޮށް ނިކުމެވަޑައިގަންނަވަންދެން، މެދުކަނޑާލެއްވި ޖަލްސާ ހެނދުނު 11:45ގައި ނިންމަވާލައްވާފައެވެ. މިގޮތަށް ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގައި ހިނެމޭ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވާ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ގެންދެވިދާނެކަމަށް ރިޔާސަތަށް ފެނިވަޑައިނުގަންނަވާތީއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއްނުވެއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 25 އޮކްޓޯބަރ 2010ވާ ހޯމަ ދުވަހުގެ ހެނދުނު 9:00ގައެވެ.