ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި (11.10.2010)

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ހަތަރު މެންބަރުންގެ މި ވަފްދުގައި އިސްކޮށް ހުންނަވަނީ ޤާނޫނުއަސާސީއާ ބެހޭ މާހިރެއްކަމަށްވާ ޕްރޮފެސަރ ޖެފްރީ ޖޮވެލް އެވެ.
މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅުންހުރި މައުލޫމާތު ހިއްޞާ ކުރައްވާފަ އެވެ.
ވަފްދުގެ ބޭފުޅުން ވަނީ ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުވާފަ އެވެ.
މި ވަފްދުގެ ދަތުރުފުޅުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި “ލެޓިމަރ ހައުސް ޕްރިންސިޕަލްސް” ތަންފީޒުކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ މަޝްވަރާކުރެއްވުމާއި އަދި ކޮމަންވެލްތުގެ ފަރާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދިރާސާކުރެއްވުމެވެ.