ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި ޚާއްސަ ތަރާވީޙުގައި ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް ބައިވެރިވެވަޑައިގެންފި

22 މޭ 2019

_DSC1483

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ބޭފުޅުންގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް ދެއްވި ޚާއްސަ ތަރާވީޙުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނާއިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި މިތަރާވީޙުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ވަޑައިގަތުމުން އެބޭފުޅުންނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ އިދާރާގެ އިސްބޭފުޅުންނެވެ. މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާވަނީ މަޖިލީހުގެ ޖަލްސާކުރާ މާލަމާއި އިދާރާގެ އާ އިމާރާތް ބައްލަވާލައްވާފައެވެ.

މި ތަރާވީޙުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި 18 ވަނަ މަޖިލީހުގެ މެންބަރުކަންކުރެއްވި ބޭފުޅުންގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.