އ.ދގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

16 އެޕްރީލް 2019
_DSC7049

ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ހަރ އެކްސެލެންސީ ޝޮކޯ ނޮޑާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އދގެ ފަރާތުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދަވާ ޕްރޮޖެކްތަކާގުޅޭ ގޮތުންނާއި އަދި މަޖިލީހުގެ މަސައްކަތްތަކާގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އދގެ އެކިއެކި ޖަމިއްޔާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.