ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ މިއަދު ބާއްވައިފި

_DSC6752

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ، ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްޢަޤުވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާ ގެ (ހ) ގައި ބަޔާންކޮށްފައިވާތީ، “ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް (ސީ.އެން.އެސް(” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާ ފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމެވެ. އަދި، ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސަގައި ވަނީ 12 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލާއި، ޤާނޫނު ނަންބަރު 2007/5( ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2006/6( ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، އިންތިޤާލީ ޢަދާލަތުގެ ބިލާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލާއި، ޤާނޫނު ނަންބަރު 2010/7( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2008/13( އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު ) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2007/4( އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2008/8( އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މިއަދުގެ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުއްވިއެވެ. މި ބިލު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ) 2010( ގެ 100 ވަނަ މާއްދާގެ (ހ) ގެ 6 ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށެހެޅުއްވިއެވެ. އެގޮތުން މާލިއްޔަތު ކޮމިޓީއިން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ 32 ރިޕޯޓެއް ފާސްކުރެއްވިއެވެ. މި ރިޕޯޓުތައް ވަކިވަކިން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދު ފާސްކުރެއްވި ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ:

1. މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
2. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
3. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
4. ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
5. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
6. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހިންގުނު “ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް – ކޮމްޕޯނަންޓް A ( މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސް ޕްރޮމޯޝަން) އަދި ކޮމްޕޯނަންޓް C )ކެޕޭސިޓީ ބިލްޑިންގ ފޮރ ޕަބްލިކް ޕްރައިވެޓް ޕްރައިވެޓް ޕާޓްނާޝިޕް)” ގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
8. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2010 އަދި 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
9. ހިއުމަން ރައިޓްސް ކޮމިޝަންގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
10. އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާއާއި، މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާއާއި، މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާއާއި، ފުވައްމުލަކު ޤައުމީ އިދާރާ އަދި މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ޚާއްޞަ އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2008 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
12. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ 2010 އަދި 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
13. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު
14. ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓ
15. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
16. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
17. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
18. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2011 ،2012 އަދި 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
19. ސިވިލް ސަރވިސް ކޮމިޝަނުގެ 2010 ،2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
20. މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
21. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
22. ވޯލްޑް ބޭންކް ލޯނު އެހީގެ ދަށުން ހިންގަމުންދާ “މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް” ގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
23. ” ބިލްޑިންގ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އެންޑް ނޭޝަނަލް އިމްޕްލިމެންޓޭޝަން ޔުނިޓް ޓު އިމްޕްލިމެންޓް ނޭޝަނަލް ޓްރޭޑް އެޖެންޑާ އިންކްލޫޑިންގ އެންހޭންސްޑް އިންޓަގްރޭޓެޑް ފްރޭމް ވާރކް” ޕްރޮޖެކްޓްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
24. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
25. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
26. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސށކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
27. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
28. މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
29. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
30. މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
31. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިންގެވި “ސަޕޯޓް އެން.ޕީ.އެމް ފޯ ދަ އިފެކްޓިވް އިންޕްލިމެންޓޭޝަން އޮފް އެސް.ޕީ.ޓީ. އެންޑް އެން.ޕީ.އެމް ރެކަމެންޑޭޝަންސް” ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
32. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު(2010) ގެ 100 ވަނަ މާއްދާގެ (ހ) ގެ 6 ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 16 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގައެވެ.