އައިޕީޔޫގެ 140ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

06 އޭޕްރީލް 2019

c04a29fb-0d15-4516-9fb4-4bf698b2d603

މިއަދުން ފެށިގެން މިމަހުގެ 10އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ، އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން(އައިޕީޔ)ޫގެ 140 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް މޫސާ މަނިކު ބައިވެރިވެވަޑައިގެންފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެސެމްބްލީގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާކުރާ މައުޞޫތަކުގެ ތެރެއިން، ދުނިޔޭގެ ސުލްޙައަށް މަސައްކަތްކުރުމާއި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި އިންސާނީ ހައްޤުތަކާބެހޭ ގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

IPU assembly

މިފަހަރު ބާއްވާ އައިޕީޔޫގެ 140 ވަނަ އެސެމްބްލީގައި 160 ޤައުމެއްގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނާއެކު، ގާތްގަނޑަކަށް 1600 މަންދޫބުން ބައިވެރިވެވަޑައިގަނަވައެވެ. އަދި އެސެންބްލީގެ ހަވާސާގައި ބާއްވާ އައިޕީޔޫގެ ބައްދަލުވުންތަކުގައި ދިވެހި ވަފުދުން ބައިވެރިވެވަޑައިގަންނަވާނެވެ.

ދިވެހި ވަދުފުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން ހޮޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގަންނަވައެވެ.