ފަނޑިޔާރުންނާއި ވަކީލުންގެ މުސްތަޤިއްލުކަމާބެހޭ އ.ދގެ ކުރީގެ ޙާއްޞަ މުޝީރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި (14.9.2010)

އިންޓަރނޭޝަނަލް ކޮމިޝަން އޮން ޖޫރިސްޓްސް (އައި.ސީ.ޖޭ) އިން އިންތިޒާމުކުރައްވައިގެން މިމަހު 13 ން 18 ށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ފަނޑިޔާރުންނާއި ވަކީލުންގެ މުސްތަޤިއްލުކަމާބެހޭ އ.ދގެ ކުރީގެ ޙާއްޞަ މުޝީރު ލިއެންޑްރޯ ޑެސްޕޮއީ މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްހަމައަކަށް ގެނައުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ބޭނުންވާ އެހީތެެރިކަން ފޯރުކޮށްދިނުމާބެހޭގޮތުންނެވެ.