ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރާ ބައްދަލުކުރައްވައިފި

8 ޖެނުއަރީ 2019

_DSC9837

 

 

 

 

 

 

ދިވެހި ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލާ އާއިޝަތު މުހައްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް އަލްފާޟިލާ އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދުއޮތް ރަހުމަތްތެރި ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ހަމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިޔާއިން އިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.