ޔޫ.އެން ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC8922ޔޫ.އެން ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ މިރޮސްލަރވް ޖެންސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އިއްޔެ އޮތް މި ބައްދަލުވުމުގައި ޔޫ.އެން އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެވިދާނެ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރަށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

5 ރަބީޢުލްއާޚިރު 1440
12 ޑިސެންބަރު 2018