ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި 8 ނަންފުޅަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފި

_DSC9564މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ 8 ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވައިފިއެވެ.

ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ނަންފުޅުތަކަކީ، ކިންގޑަމް އޮފް ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައޅާ ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޙަސަން ޞާބިރު، އިންޑިޔާއަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ހ. ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ، ސިންގަޕޫރަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ދަފުތަރު ނަންބަރު 4336، ޑރ. ޢަބްދުﷲ މަޢުސޫމް، ޖަރުމަނުވިލާރަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ހ. ސީވިޑް އަލްފާޟިލް އަޙްމަދު ލަޠީފް، އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ހ. އަމީނީގޭ ޑރ. ފަރަޙަނާޒް ފައިޞަލް، އެކުވެރި ދައުލަތްތަކަށް ދިވެހިރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބުކަމަށާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، މ. ނޫހިރި އަލްފާޟިލާ ތިލްމީޛާ ޙުސައިން، މެލޭޝިޔާއަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފިރުކަމަށް، ހ.އާޒާދެވާދީ އަލްފާޟިލާ ވިސާމް ޢަލީ، ޑިމޮކްރޮޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ހ. ހިކިފިނިފެންމާގޭ އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤް އެވެ.

5 ރަބީޢުލްއާޙިރު 1440
12 ޑިސެންބަރު 2018