ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC8390ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އަދި މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

 

26 ރަބީޢުލްއައްވަލް 1440
04 ޑިސެންބަރު 2018