މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، 2 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން، ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުގެ އިބްތިދާއީ ބަހުސް މަރުޙަލާގައި 6 މެންބަރުން ވާހަކަދެއްކެވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޡްމާން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/24 )ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުޙަލާގައި އެއްވެސް މެންބަރަކު ވާހަކަނުދައްކަވައެވެ.

12 ނޮވެމްބަރު 2018