އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އުވާލުމުގެ ބިލު، 48 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓު ދެއްވާފައިވާއިވެއެވެ. ދެ މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދު ބޭއްވުނު މި ބިލުގެ އިބްތިދާއީ ބަހުސްގެ  މަރުޙަލާގައި 17 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

 12 ނޮވެމްބަރު 2018