ތުރުކީގެ އާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Turkishތުރުކީގެ އާ ސަފީރު ހިޒްއެކްސެލެންސީ މިސްޓަރ ސާކިރު އޮޒްކާން ޓޮރުންލަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ތުރުކީ އާއި ދެޤައުމުގެ ދެމެދުގައި އޮންނަ އެކުވެރި، ރަޙްމަތްތެރި، އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުންތެރިކަމުގެމައްޗަށް ދެބޭފުޅުން ވާހަކަދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ތުރުކީގެ ސަފީރުގެ އަރިހުގައި ރާއްޖޭގައި ހުންނަވާ ތުރުކީގެ އޮނަރަރީ ކޮންސަލްޖެނެރަލް އިސްމާޢީލް ޙިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.

8 މުޙައްރަމް 1439

28 ސެޕްޓެމްބަރ 2017