މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާ މިއަދު ބާއްވައިފި

_DSC9281މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ތ. އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުއްވައިދެއްވުމަށް އެދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމާ ސުވާލުކުރައްވައިފިއެވެ. މިނިސްޓަރާކުރެވުނު ސުވާލަށް މިނިސްޓަރ ދެއްވާ ޖަވާބު ދެއްވައިނިމުމުން، އިތުރު ސުވާލު ކުރުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ. މިގޮތުން، ހުޅުވާލެވުނު ފުރުޞަތުގައި މެންބަރުން 16 ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ.

 

9 ޝައްވާލް 1438

3 ޖުލައި 2017