2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 60 މެންބަރުންގެ ވޯޓުން ފާސްކުރައްވައިފިއެވެ. ބަޖެޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މީގެއިތުރުން، 18 އިޞްލާހަކަށް ވޯޓަށް އައްސަވައި މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުގެ ސަބަބުން އެ އިޞްލާޙުތައް ވަނީ ފާސްނުވެފައެވެ.
މިއަދުގެ ޖަލްސާގައި، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް ވާހަކަދެއްކެވި އެއް މެންބަރާއިއެކު މުޅި ޖުމްލަ 27 މެންބަރުން ވާހަކަދެއްކެވިއެވެ.
2016 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރު ހުށަހަޅުއްވާފައިވަނީ 8 ނޮވެންބަރ 2016 ވީ އަންގާރަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

24 ޞަފަރު 1438
24 ނޮވެންބަރ 2016