ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާއިބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު އަޒްހާން ފަހުމީއަށް ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 69/78) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް، 53 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިފަރާތަކަށް ވޯޓު ދެއްވަންބޭނުންފުޅުނުވާ ކަމަށް 2 މެންބަރުން ވޯޓްދެއްވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 16 ނޮވެމްބަރ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 09 ވަނަ ޖަލްސާގައެވެ.