2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ނިންމަވާލައްވައިފި

2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި 37 މެންބަރުންނާއެކު، ޖުމްލަ 66 މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަޖިލީހަށް ހުށަހަޅާފައިވަނީ މި އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ނޮވެންބަރު 2015 ވާ ބުދަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.