2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޝާހް ހުށަހަޅުއްވާފައިވާ، ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިބިލު ތަކަކީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 94/6) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.