ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޡިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ކުއްލިގޮތަކަށް ކާޑުގެ ބާވަތްތަކުން ސަބުސިޑީ ކަނޑާލުމާގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޡިމް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 52 މެންބަރުންގެ ޢިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައަށް 40 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

 

5 މުޙައްރަމް 1438

6 އޮކްޓޯބަރ 2016