އ.ދ މަޖިލީހުގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފި(8.8.2010)

އ.ދ މަޖިލީހުގެ ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރޫ ކޮކްސް (Mr. Andrew Cox) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، މިކަމުގައި އެހީތެރިވެވަޑައިގެން ދެއްވިދާނެ ގޮތްތަކަކީ ކޮބައިކަން އޮޅުންފިލުއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މިއަދު ބައްދަލުކުރެއްވި އ.ދ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސޯޝަލް ކޮހީޝަން އެންޑް ގަވަރނެންސް މރ. ފާރޑިނަންޑް ވޮން ހެބްސްބާރގް (Mr. Ferdinand Von Habsbung) އާއި ޑައެލޮގް ސްޕެޝަލިސްޓް މިސް އަންޖޭ ހަރބަރގް (Ms. Antje Herrberg) އެވެ.