މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ނަންފުޅަށް ރުހުން ދިނުމަށް ފެންނަކަމަށް މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ގދ. ރަތަފަންދޫ / ހިލިހިލާގެ، އަލްފާޟިލް އަޒްލީން އަޙްމަދުގެ ނަންފުޅު ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތަށް، ރުހުން ދިނުމަށް ފާސްކުރައްވައިފިއެވެ._DSC0009
މި ނަންފުޅު ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 8 މެންބަރުން ވޯޓް ދެއްވާފައިވާއިރު، އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދުއެވެ. މި ރިޕޯޓަށް 2 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

13 ޛުލްޤައިދާ 1437
16 އޯގަސްޓް 2016