ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެކުލަވާލެވޭ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގައި ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހިމެނުމަށް، އެ މާއްދާގެ (ބ) ގައި ކަނޑައަޅުއްވާފައިވާތީ، ޢާންމުންގެ ތެރެއިން މި ބޯޑުގައި ހިމެނިވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި، އެކަން އިޢުލާންކުރަމެވެ.
މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މިހިނގާ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ވަނަވަރަކާއެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެކުލަވާލެވޭ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހިމެނުމަށް އެމާއްދާގެ (ރ) ގައި ކަނޑައަޅުއްވާފައިވާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީކުރެވިފައިވާ މަދަނީ ޖަމްޢިއްޔާތަކުން، އެ ޖަމްޢިއްޔާއަކުން ހުށަހަޅުއްވާ ބޭފުޅެއްގެ ނަންފުޅު، 19 އޯގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ކުރިން، އެ ޖަމްޢިއްޔާއެއް އެނގޭގޮތަށް އެބޭފުޅެއްގެ ވަނަވަރާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.