ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި އަލްފާޟިލް ޢަބްދުﷲ ޖިހާދުގެ ނަންފުޅު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ދަފްތަރު ނަންބަރު 1015، އަލްފާޟިލް ޢަބްދުﷲ ޖިހާދުގެ ނަންފުޅު 51 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
މި ނަންފުޅު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 12 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-171 (ނ) ގެ ދަށުން، ހުށަހެޅުނު މި މައްސަލައަށް 16 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

15 ޝައްވާލް 1437
20 ޖުލައި 2016