3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.
އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 2008/11) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

13 ޝައްވާލް 1437
18 ޖުލައި 2016