ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީބަޙުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުޙައްމަދު ޢަބްދުލްކަރީމް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީބަޙުސް ކުރިއަށްގެންދަވައިފިއެވެ. މިޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 7 ޖޫން 2016 ގައި ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ޖޫން 2016 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

8 ރަމަޟާން 1437

13 ޖޫން 2016