އެގްރިމެންޓް އޮން އެސްޓެބްލިޝިންގ ދަ ސާރކް ސީޑް ބޭންކް އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC7615މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، އެގްރިމެންޓް އޮން އެސްޓެބްލިޝިންގ ދަ ސާރކް ސީޑް ބޭންކް އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 68 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިމައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ.

އެގްރީމެންޓް އޮން އެސްޓެބްލިޝިންގ ދަ ސާރކް ސީޑް ބޭންކް އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށްވަނީ 6 އޭޕްރީލް 2016 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

11 ރަޖަބު 1437

18 އޭޕްރީލް 2016