ޔުނައިޓެޑް ނޭޝަންސްގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒް ގެ ފަރާތުން ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުގެ އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފި

ޔުނައިޓެޑް ނޭޝަންސްގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ފަރާތުން މިހާރު ރާއްޖެވަޑައިގެން އުޅުއްވަވާ 2 އޮފިޝަލުންގެ ވަފުދެއް މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި މަޖިލިސް ކުރާ ގޭގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، މިކަމުގައި އެހީތެރިވެވަޑައިގެން ދެއްވިދާނެ ގޮތްތަކަކީ ކޮބައިކަން އޮޅުންފިލުއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މިއަދު ބައްދަލުކުރެއްވި އ.ދ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އޭޝިއާ ޕެސިފިކް ޑިވިޝަން ގެ ޑިރެކްޓަރ މރ. ޓަމްރަޓް ސަމުއެލް (Mr. Tamrat Samuel) އާއި ޓީމް ލީޑަރ އޮފް ސައުތް އޭޝިއާ މރ. ހިތޯކީ ޑެން  (Mr. Hitoki Den)އެވެ. މިބޭފުޅުންނާއި އެކު މިބައްދަލުކުރެއްވުމުގައި ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރޫ ކޮކްސް (Mr. Andrew Cox) އާއި އެޑްވައިޒަރ، ސޯޝަލް ކޮހީޝަން އެންޑް ގަވަރނެންސް މރ. ފާރޑިނަންޑް ވޮން ހެބްސްބާރގް    (Mr. Ferdinand Von Habsbung) ބައިވެރިވެވަޑައިގަތެވެ.