ޕެރިސް އެގްރިމެންޓަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ” ޕެރިސް އެގްރިމެންޓް” އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 67  މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި މައްސަލަ، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން މިރިޕޯޓް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢުމަރު ޙުސައިންއެވެ. މިމައްސަލައަށް 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

26 ޖުމާދަލްއާޚިރާ 1437

4 އޭޕްރީލް 2016