މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/16) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 23 ނަންފުޅެއްގެ ތެރެއިން 6 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް އެދި ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ ހ. ރީތިގަސްދޮށުގެ/ އަލްފާޟިލް މުޙައްމަދު ޝަހީބު، ފަހަލަ، ޅ. ހިންނަވަރު/ އަލްފާޟިލް އިސްމާޢީލް ޞަފްވާން، ވ. ވެރޯނިކާ/ އަލްފާޟިލް ޙަސަން ނަބާޙް، ހުވަނދުމާގެ، ކ. ދިއްފުށި/ އަލްފާޟިލާ ފާޠިމަތު ޒައިނާ، އަތިރީގެ، ގދ. ގައްދޫ/ އަލްފާޟިލާ ޒީނާ ޒާހިރު، ގ.ގޮފި/ އަލްފާޟިލާ އާމިނަތު ޞަރާޙަތު ޢިއްޒަތު، އޯޝަންރީޑް، ގދ. ތިނަދޫ/ އަލްފާޟިލް ނަޞްރުﷲ ޢަބްދުލްހާދީ، ދަފްތަރު ނަންބަރު ރސ 8469/ އަލްފާޟިލް ޢަލީ ރަޝީދު، މ. ނޫވިލު/ އަލްފާޟިލް ޢަބްދުﷲ ޝުޖާޢު، ރަބީޢުމަންޒިލް، ހއ. ހޯރަފުށި އަލްފާޟިލާ ސައުދާ ސަލީމް، ދަނބުރުއްދޮށުގެ، ހއ. ހޯރަފުށި / އަލްފާޟިލް ޢަލީ މިދުޙަތު، ދަފްތަރު ރސ ނަންބަރު 8444/ އަލްފާޟިލާ މަރްޔަމް އިބްރާހީމް، ވ. މަށިވެލި/ އަލްފާޟިލް އިބްރާހީމް އަޝްރަފް، މއ. ވިލާރޮދި/ އަލްފާޟިލް އިސްމާޢީލް ސާޖިދު، އަތިރީގެ، ގދ. ގައްދޫ/ އަލްފާޟިލް ޢަބްދުﷲ އަޒުމީން، ސޯސަންވިލާ، ނ. މިލަދޫ/ އަލްފާޟިލް ޢަބްދުﷲ މުޢާޛް އިބްރާހީމް، ދަފްތަރު ނަންބަރު 5312/ އަލްފާޟިލް ޢަލީ ސަމްޢާން، ހ. ވަޅުފެހި/ އަލްފާޟިލާ ޙައްވާ ޝިއުނާ ޚާލިދު، ގުލޭނޫރުމާގެ، ސ. މަރަދޫފޭދީ/ އަލްފާޟިލް ފަތުޙުﷲ އަނީސް، މއ. އަޅިފެހި/ އަލްފާޟިލާ ޢާމިލާ އާދަމް، މ. ހާވިލާ/ އަލްފާޟިލް މޫސާ ރިޝްވާން، ގ.މޫންލައިޓް/ އަލްފާޟިލާ ފާޠިމަތު ނިޡާމް އަދި ގ. ހިލްމަން/ އަލްފާޟިލާ މަރްޔަމް ވަޙީދާއެވެ.
20 ޖުމާދަލްއާޚިރު 1437
29 މާރިޗު 2016