ނޫސް ބަޔާން

މިނިވަންމުވައްސަސާތަކާ ބެހޭ ކޮމިޓީގައި އޮތް ފަނޑިޔާރުންގެ ބިލާއި ޝަރުޢީ ކޯޓްތަކާބެހޭ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުންއެދި އެކޮމިޓީގެ މުޤައްރިރުގެ ކިބައިން މަޖިލީހުގެ ރައީސް އެދިވަޑައިގެން މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެގޮތުން މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅުގައި މީގެ ކުރިންވެސް، އެދެބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދި ތަކުރާރުކޮށް ދެންނެވިފައިވާނޭ ކަމަށްވެސް ލިޔުއްވާފައިވެއެވެ. އަދި އެދެބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަވަހަށް ނިމިގެން ދިއުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރައްވަން ޖެހޭ މަސައްކަތްތަކަށް ވަރަށް މުހިންމުކަމެއް ކަމުގައިވެސް މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ލިޔުއްވާފައިވެއެވެ.