ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވައިފި

_DSC7548

ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް-ޝައިޚް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް-ޝައިޚްއަށް މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރުން، ޑެޕިއުޓީ ލީޑަރުން، މަޖިލީހުގެ ކޮމިޓީތަކުގެ މުޤަރައްރިރުންނާއި މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ.

23 ރަބީޢުލްއައްވަލް 1437

3 ޖަނަވަރީ 2016