ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ވައިޖެހޭގެ/ގއ.ވިލިގިލި ޝަހީދު މުޙައްމަދުގެ ނަންފުޅު ފާސްކުރައްވައިފި

_DSC3363-Panoމިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ވައިޖެހޭގެ/ގއ.ވިލިގިލި ޝަހީދު މުޙައްމަދުގެ ނަންފުޅު 61 މެންބަރުން އިއްތިފާގުން ފާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5)ގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވާތީ، ޤާނޫނު ނަންބަރު 2010/9 (ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރެއްވި އިޢުލާނަށް އިޖާބަދެއްވި ފަރާތުގެ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ތަޅުމަށް ހުށަހަޅުއްވައިދެއްވީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

13 ޞަފަރު 1437

25 ނޮވެންބަރ 2015