އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

_DSC5692މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ، އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު، 61 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވަނީ، 50 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. 16 މެންބަރަކު ވަނީ ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން،ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 14 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 18 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

10 ޞަފަރު 1437

22 ނޮވެންބަރު 2015