މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 2010/3) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިބޭފުޅުންނަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 2010/3) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހަޅާފައިވާ 23 ފަރާތެވެ. މި ފަރާތްތަކަކީ ނަލަމަލަ، ލ.މާވަށް/ ނަޞްރުﷲ ޖަމީލް، ގ. މާވާރުލު/ޙަސަން ޒުހައިރު މުޙައްމަދު، ވައިލެޓްފެހި، ގދ.ހޯނޑެއްދޫ/އާމިނަތު ފަރީޝާ، މއ. ޕެންޒީވިލާ/ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު، ގ. ގޮފި/ފާޠިމަތު މިންހަތު އިއްޒަތު، ގ.ޞަފޫރާމަންޒިލް/މުޙައްމަދު މިމްރާޙް، ގުލްބަހާރުގެ، ބ.ތުޅާދޫ/އިބްރާހީމް ޢަފީފު، ދަފްތަރު ނަންބަރު 5295 /އަޙްމަދު ސާވީ، ހަލަވެލި، ގދ.ތިނަދޫ/ޢަބްދުﷲ ޙިލްމީ، ޑޭޒީވިލާ، ބ.އޭދަފުށި/ފަޒުނާ މުޙައްމަދު، މއ.ވިލާރޮދި/އިސްމާޢީލް ސާޖިދު، މ.ހަވީރީފިނި/ޢަލީ ފާރިޝް، ހ.މުރެކްސް/ޔޫސުފް ޢުމަރު، ރީތިގަސްދޮށުގެ، ސ.ހިތަދޫ/މާޖިދާ މަޖުދީ، ހ. ދޮންއަންނާރުގެ/މުޙައްމަދު ރަޝީދު އަޙްމަދު، ސާދާގެ، ހއ.ތަކަންދޫ/މުޙައްމަދު ޙަލީމް ޢަބްދުﷲ، ގ.ބަތަލާ/ޙުސައިން ޝަމީމް، މާފިލާގެ، ބ.ތުޅާދޫ/އާދަމް ޢާޠިފް މުޙައްމަދު، އީޓުޖެހިގެ، ނ. މާފަރު/ޢަބްދުއްސަލާމް ޢާރިފް، ދޭލިޔާގެ، ދ.މީދޫ/ޢަލީ މުފީދު، މ.ސަބްރާތު/ޢަބްދުﷲ ޒުހައިރު، ޑޭޒީމާގެ،ހއ.ދިއްދޫ/އަޙްމަދު ތައުފީޤު އަދި ދިގުވާނޑު.ގަދަކޯޅިމާގެ، ޏ.ފުވައްމުލައް/ ޢަލީ ނަބީލްއެވެ.
10 ޞަފަރު 1437
22 ނޮވެންބަރ 2015