މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/9) ގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އަށް ފޮނުއްވައިފިއެވެ.
ގ. ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިސާމްގެ ނަންފުޅު ފޮނުއްވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/9) ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް ކުރިމަތިލައްވާފައިވާތީއެވެ.
10 ޞަފަރު 1437
22 ނޮވެންބަރ 2015