2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދަވައިފި

_DSC7615މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، 2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ޖުމްލަ 27 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައިވަނީ، ބަޖެޓްގެ ބަހުސް ހުސްވަގުތަށް ތަންދެމުން، މިއަދު ހަވީރު 16:00 އަށް ޖަލްސާ ކުރިއަށް ގެންދިއުމަށް، 28 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 ނޮވެންބަރ 2015 ވާ އަންގާރަވާދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

4 ޞަފަރު 1437

16 ނޮވެންބަރ 2015