ޕާކިސްތާނުގެ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC9535ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް  (ރިޓަޔަޑް) ސައިދް ޚަވަރު ޢަލީ ޝާހް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް އުޚުވަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެދެމެދު ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލުބަދަލު ކުރެއްވިއެވެ.

_DSC9531

 

 

 

 

3 ޞަފަރު 1437

15 ނޮވެންބަރ 2015