ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހްތާޒް މުޙްސިން، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފުވެފައިވާތީ އެކަންކަން ބައްލަވައިދެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC7615މިރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހްތާޒް މުޙްސިން، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފުވެފައިވާތީ އެކަންކަން ބައްލަވައިދެއްވުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައިގައި، ޤާނޫނުއަސާސީގެ 228 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުން ވަކިކުރެއްވުމަށް ފެންނަކަމަށް ނިންމަވާ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް 57 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިރޭގެ ޖަލްސާގައި، ކޮމިޓީން  ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމެވެ. މި މިމައްސަލައަށް 12 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރ 2015