ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަޤާމަށް، ހ. މީނާޒް، ޑޮކްޓަރ ހާލާ ޙަމީދު ޢައްޔަނުކުރުމަށް މަޝްވަރާއެރުވުމަށް މަޖިލީހުން ފާސްކުރައްވައިފި

_DSC5739މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަޤާމަށް، ހ. މީނާޒް، ޑޮކްޓަރ ހާލާ ޙަމީދު ޢައްޔަނުކުރުމަށް މަޝްވަރާއެރުވުމަށް 68 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ފާސްކުރައްވައިފިއެވެ.

މި ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިމައްސަލައަށް 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރ 2015