ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

_DSC5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު ހުށަހަޅުއްވާފައިވާ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު، 62 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 4 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 4 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

27 މުޙައްރަމް 1437

9 ނޮވެންބަރު 2015