ސަޢޫދީ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC6312ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ހިޒް އެކްސަލަންސީ ބަދުރު ޢަލީ އަލް – ކަހައިލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

222222

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާ ލައްވަމުން މިގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދު ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.

ސަޢޫދީ ސަފީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގެ ފަރސްޓް ސެކްރެޓަރީ ޠާރިޤް ޚައްދާމް އަލް-ފައިޒްއެވެ.

26 މުޙައްރަމް 1437

8 ނޮވެންބަރު 2015