ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރު ފާސްކުރައްވައިފި

_DSC5692މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން 52 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ ޤަރާރު، 61 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިޤަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ޤަރާރަށް 10 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

23 މުޙައްރަމް 1437

5 ނޮވެންބަރު 2015