ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ނ) އާއި އެ މާއްދާގެ (ބ) އިޞްލާޙުކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙް ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ނ) އާއި އެ މާއްދާގެ (ބ) އިޞްލާޙުކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙް ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް،  ޢާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް 49 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިމައްސަލަ ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، އެކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ. މި ރިޕޯޓަށް މިއަދުގެ ޖަލްސާގައި 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

22 މުޙައްރަމް 1437

4 ނޮވެންބަރ 2015